މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ރޭ ދެކުނު އެފްރިކާ އަތުން 2-0 އިން މޮޅުވެ، މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ މެކްސިކޯގެ ފެށުން ރަނގަޅުކޮށްފި އެވެ.
ގުރޫޕް އޭގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެކްސިކޯއަށް ލީޑު ހޯދައިދިނީ ހޫލިއަން ކުއިންނޯނޭސް އެވެ. އަދި ދެވަނަ ހާފުގައި މެކްސިކޯގެ ދެވަނަ ލަނޑު ޖެހީ ތަޖުރިބާކާރު ފޯވަޑް ރައޫލް ޖިމެނޭޒް އެވެ.
ދެކުނު އެފްރިކާއިން މި މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކު އެވެ. މި މެޗުގައި އެ ޓީމުގެ ސްފެލޯ ސިތޯލޭ އަދި ތެމްބާ ޒްވާނޭއަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ ފަހުކޮޅު މެކްސިކޯގެ ޑިފެންޑަރު ސެޒާ މޮންޓޭސްއަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެހެންކަމުން މެކްސިކޯ މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއެކު އެވެ.
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
ފަހަތުން އަރައި ޗެކް ރިޕަބްލިކް އަތުން ދެކުނު ކޮރެއާ މޮޅުވެއްޖެ
ކޯމާގައި އޮންނެވުމަށްފަހު ތައިލޭންޑްގެ އަމީރާ އަވަހާރަވެއްޖެ