ހުޅުމާލޭގެ ބިންތައް ވިއްކިގޮތާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހޯދަން އެދުނު މައުލޫމާތު ދޭން އެޗްޑީސީން ދެކޮޅު ހަދައިފި އެވެ.
އެޗްޑީސީން ހޯދަން ކުޑޫ އެދުނު މައުލޫމާތުތަކުގެ ހުޅުމާލޭގައި އާންމުކޮށް ވިއްކާނެ ބިންތައް ކަނޑައެޅިފައިވޭތޯ އާއި ބިން ވިއްކުމުގައި އެޗްޑީސީން އަގުތައް ކަނޑައަޅަނީ ކޮން އުސޫލަކުންތޯ ހިމެނެ އެވެ.
ހުޅުމާލެއިން ބިންތައް ވިއްކުމުގައި ސަރުކާރުގެ ދައުރެއް އޮވޭތޯ ސާފުކުރަން ވެސް ކުޑޫ އެދިވަޑައިގަތެވެ.
ބިން ވިއްކުމުގެ މުއާމަލާތް ދެފުށް ފެންނަގޮތަށް ކުރަންތޯ ސާފުކުރަން ވެސް އެދިވަޑައިގަތެވެ.
އެޗްޑީސީގެ ޑިރެކްޓަރު މުހައްމަދު ޝާހިދު ސޮއިކުރައްވައި ކުޑޫއަށް ފޮނުވި ޖަވާބުގައި ވަނީ އެ ހުރިހާ މައުލޫމާތަކީ ވެސް ވިޔަފާރީގެ ސިއްރެއް ކަމަށްވާތީ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
މާފުށީގައި ޕެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް: މެންބަރު މައުރޫފު
ޝިލްޕާއަކީ "ސްމާޓް" ކުޅުންތެރިއެއް ކަމަށް ހީނާ އެއްބަސް ވެއްޖެ
