ކުރިއަށް އޮތް ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުވުމަށްފަހު، ވަޒީފާގެ ބިރުދައްކާ ކުންފުނިތަކުގެ ކުރިމަތީގައި އިހުތިޖާޖުތައް ފަށައި ސީދާ ހަރަކާތަށް ނުކުންނަވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން ދަނީ ވަޒީފާގެ ބިރުދައްކައިގެން ރައްޔިތުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ދިނުމަށްފަހު، ވަޒީފާއިން ވަކިކޮށްފާނެކަމުގެ ބިރުދައްކައިގެން މުވައްޒަފުންނަށް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރަށް ފާޑުކިޔުމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ޖެހިލުންވަނީ ވަޒީފާ ގެއްލިދާނެތީއެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކަށް ދިޔުމުގެ ސަބަބުން ވަޒީފާއިން ފިޔަވަޅު އަޅާފައިވާ މީހުންގެ ޝަކުވާތައް ލިބެމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ގއ. އަތޮޅުގެ ބައެއް ރަށްރަށުގެ މުވައްޒަފުންނަށް ވެސް ސަރުކާރުން ފިޔަވަޅު އެޅި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިޚާބު ކާމިޔާބުވުމަށްފަހު، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތައް ކައިރީގައި މުޒާހަރާތަކާއި އިހުތިޖާޖުތައް ފަށާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ހަރަކާތްތަކުގައި، ކުންފުނިތަކުން ވަކިކޮށްފައިވާ މުވައްޒަފުންނާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ބައިވެރިވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ހަގީގީ ވާދަވެރިޔާއަކީ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު ނޫންކަމަށާއި، އަސްލު ވާދަވެރިޔާއަކީ ވެރިކަންކުރާ ޕީއެންސީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސޯބެ މަޖިލިސް މެންބަރުކަމުގެ ހުވާކުރުން ހޯމަ ދުވަހު
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
މަރުވި ފުލުސް މީހާގެ އަގުވަޒަން ކުރުމަށް މަގާމުގެ ކުރިއެރުން ދީފި
