މާލޭގެ މާފަންނުގެ ގެއެއްގައި އަލިފާން ރޯވެ, ހަތަރު މީހަކު ފަރުވާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްއިން ބުނީ މ. ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ 4:50 ހާއިރު ކަމަށެވެ.
ފަޔާފައިޓަރުންގެ މަސައްކަތުން 5:27 ހާއިރު އަލިފާންގަނޑު ނިއްވާލެވިފައިވާ އެމްއެންޑީއެފް އިން ބުންޏެވެ.
އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގައި ކަމަށާއި އެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފްއިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ބޭނުންނުކުރެވޭ ވަރަށް އެ ކޮޓަރި ވަނީ އަނދާފަ އެވެ.
ނިދި ހަމަ ނުކުރުން: ބަރުދަން އިތުރުވާން މަގުފަހިވާ ސަބަބެއް!
ދައުރު ނިމުމުގެ ކުރިން ހައުސިން މަޝްރޫއުތައް ނިންމާ ހަވާލުކުރަނީ
ނިޝާން އިއްޒުއްދީނުގެ އިއްޒަތް ހަތަރު ބޭފުޅަކަށް އަރުވައިފި
