މިއަހަރުގެ އަޟްހާ އީދު ނަމާދު މާދަމާ މާލޭގެ 25 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މާލޭގައި މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމާއި މަސްޖިދު މަލިކި ސަލްމާންގެ އިތުރުން މާލެ ސަރަހައްދުގައި ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ އަޟްހާ އީދު މާލެ އާއި ވިލިމާލެ އަދި ހުޅުލޭގައި ވެސް ބޮޑުޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ތަންތަނުގައި ބޮޑު ޖަމާއަތުގައި ނަމާދުު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން 25 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެ ކަމަށެވެ. އަދި މާލެ ހަތަރު ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދުކުރާއިރު، މީގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ ޒުވާން ޚަތީބު އަލް ހާފިޒް މުހައްމަދު ހަނޫން ހުސެއިން އެވެ.
ފަހަކަށް އައިސް ފިތުރު އީދާއީ އަޟްހާ އީދު ނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޮޑު ޖަމާއަތުގައި ކުރެ އެވެ. ނަމަވެސް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ބޮޑު ޖަމާޢާތުގައި އީދު ނަމާދު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައި ވެސް އީދު ނަމާދު ކުރާނެ އެވެ. އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00ގަ އެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސަލާމަތް ނުކުރެވޭނެ: ހާމަނާއީ
1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާއަށް
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް އޯވީއެސް