ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް ބޭއްވުމަށް ދިރާގުން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި އަހަރުގެ އީދު ބޮނޑިބަތް ބެހުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީ އާ ގުޅިގެން ހުޅުމާލޭގަ އާއި، މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގަ އެވެ.
ދިރާގުން ބުނީ މި ހަރަކާތް ކުރިއަށްދާނީ އީދު ދުވަހުގެ ހެނދުނު 7:00 ގައި އޮންނަ އީދު ނަމާދަށްފަހު، ކިންގް ސަލްމާން މިސްކިތް ސަރަހައްދާއި ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ކަމަށެވެ.
އެ ކުންފުނިން ބުނީ މިއީ، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން، ބޮޑު އީދުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓު ނެގުމުގެ ފުރުސަތެއް ނުދޭނަން"
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
ދަރަވަންދޫ އެއާޕޯޓަށް ކޮންޓްރެކްޓަރަކު ހޯދަނީ
