ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން ވަލެއް އައްސަން މޫދަށް ފޭބި ފަޅުވެރިޔަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ މީހާގެ ހަށިގަނޑު ހުޅުމާލޭ ފަޅުތެރެއިން އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ. އޭނާ ވާ އައްސަން ފޭބީ ރޭ 6:30 އެހާއިރު ކަމަށާއި، ފޭބި ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފުން ވަނީ ހޯދުމުގެ މަސައްކަތް ކުރަން ފަށައިފަ އެވެ.
ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ހުޅުމާލޭ ފަޅުތެރެއިން މަރުވފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނު އެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެއާޕޯޓްގެ ރެސްކިޔު ޓިމުތައް ވަނީ ހަރަކާތްތެރިވެފަ އެވެ.
ފުލުހުންނާއި އެމްއެންޑީއެފުން އެ މީހާއާ ގުޅޭ އިތުރު ތަފްސީލް އަދި ނުދެ އެވެ.
ޝަހުބާން ހައްޔަރުކޮށް ކަރެކްޝަންސްއާ ހަވާލުކޮށްފި
ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ އިޓަލީއަށް ފޮނުވާލަނީ
ކިއުބާއަކީ އެމެެރިކާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެފި