ގ. ހިޔާ ރޯދީގައި އަލުފާން ރޯކޮށްލި މައްސަލާގެ ތުހުމަތުގައި ދައުވާކޮށްފައިވާ ހުސެއިން ޝަހުބާން، ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުން ފިލާފައިވާތީ، އޭނާ ހޯދައި ހައްޔަރުކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ޝަހުބާން ހުރީ މިދިޔަ މާޗް މަހު 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ތުހުމަތަށް ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ.
ކަރެކްޝަނުން ބުނީ އޭނާ ފިލީ އަވަސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތަނާ ކަމަށެވެ. ފުލުހުން ބުނީ އޭނާ ހޯދުމަށްފަހު މިއަދުގެ ވަގުތެއްގައި ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ހިޔާ ރޯދީގައި ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެ އަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ މާޗް މަހުގެ 18 ވަނަ ދުވަހު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ. ފުލުހުންގެ ތަހުގީގުން ކަށަވަރުވެފައިވާގޮތުގައި އެއީ ޝަހުބާނެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި
ނޫސްވެރިންނަށް އެކަނި ދައުވާކުރުމުން ސުވާލު އުފައްދައިފި
އީރާން މަޝްވަރާތައް އަވަސްކުރަން ޕާކިސްތާނުން މަސައްކަތް ފަށައިފި
