ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ އަލީ ނަސީރު ގާސިމަށް ޖޭއެސްސީގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ދީފި އެވެ.
މިއަދު ހެނދުނު، ރައީސް އޮފީހުގައި ބޭއްވި ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވާފަ އެވެ. އޭނާއަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރި ކަމުގެ ލިޔުން ނަސީރާ ހަވާލުކޮށްދެއްވާފަ އެވެ.
ރައީސް މުއިއްޒު މީގެކުރިން ވަނީ ޕޮލިސް ބޯޑުގެ މެންބަރުކަމަށް ވެސް އޭނާ އައްޔަންކުރައްވާފަ އެވެ.
މުއިއްޒުގެ މޭޔަރު ކަމުގައި މާލޭ ސިޓީ ކައުންސިލުން ހިންގި އެތައް މިިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ބައިވެރިވި ކަމަށް އޭނާ އަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން މާރުކޭޓް އެޅުމަށް ބޮޑު އަގުގައި ދެ ކުންފުންޏަކާ ބިން ހަވާލުކުރި އެއްބަސްވުމުގައި ނަސީރު ސޮއިކޮށްފައިވެ އެވެ. މިހާރުވެސް އޭނާ އަކީ ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ. އެކަމާ ގުޅިގެން ކައުންސިލް ޖަލްސާއަށް ހާޒިރުވެ ޖަވާބުދާރީވާން އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.
އެމެރިކާ އިން މަސައްކަތް ކުރަނީ ހަނގުރާމަ ފެށުމަށް: ގާލީބާފް
ގޮހޮރުގެ ސިއްހަތަށް ގެއްލުންދޭ އާއްމު 8 އާދައެއް!
ގަވައިދާ ހިލާފަށް ރުއްގަސް ކެންޑުމުން 550،000 ގެ ޖޫރިމަނާއެއް
