ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ބާއްވާ ޖަލްސާ ކުރިއަށް ގެންދާނީ ޖުމްލަ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ނާޒިމް މަގާމުން ވަކިކުރަން ނިންމީ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމަށްފަހު، ނާޒިމް މަގާމުގެ ވަކިކުރުމުގެ ގަރާރުގައި ޕީއެންސީގެ 73 މެމްބަރަކު ސޮއިކޮށް، ހުށަހެޅި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި ހުށަހެޅުމުގައިވާ ގޮތުން މަޖިލީހަށް ޖަވާބުދާރީވާން އެ ޖަލްސާގައި ނާޒިމަށް ލިބިވަޑައިގަންނަވާނީ 10 މިނެޓެވެ. އަދި މެންބަރުން ބަހުސް ކުރުމަށް 50 މިނެޓް ބަހާލާނީ މެންބަރަކަށް ތިން މިނެޓްގެ އުސޫލުންނެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، ހުށަހެޅި ގަރާރުގައި އޭނާ މަގާމުން ވަކިކުރަން ފެންނަ ސަބަބުތައް ބަޔާންކޮށްފައިވެ އެވެ.
އޭގެތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތު ހިމެނެ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް އެ ގަރާރުގައި ނެތެވެ.
މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވާ ކަމަށް ވެސް ނާޒިމަށް ތުހުމަތުކޮށްފައިވެ އެވެ. އެކަމަކު މަޖިލީހުގެ މަސްލަހަތު ނަގާލަން އޭނާ ކުރީ ކޮން ކަމެއްކަން ޕީއެންސީއަކަށް ބުނެނުދެވެ އެވެ.
ހަނގުރާމައިގައި އެމެރިކާގެ 42 މަތިންދާބޯޓު ގެއްލި ބޮޑު ގެއްލުމެއް
ލަންކާގައި ސިއްރުން ބްރޯޑްކާސްޓް ކުރި ދިވެއްސަކު ހައްޔަރުކޮށްފި
