ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކޮށް އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް މާދަމާ އިއްވަން ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން އެ ފައިސާ އަތުލައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް ކުރިން ނިންމާލާފައިވާއިރު, އެ މައްސަލާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާކަން އެނގިފައިވެ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ ޝަމްއާންގެ މައްޗަށް ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލާގައި ޝަމްއާން ކުރިން ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
"ދުރަންދަރް 2"އަށް މުގުރާ ނުލެވުނު ފުރަތަމަ ފިލްމުގެ ރެކޯޑެއް!
ސާފިން އެސޯސިއޭޝަންއާއެކު ވެފައިވާ އެއްބަސްވުން އާކޮށްފި
ހޮލީވުޑް އެކްޓަރުންގެ "ނޯ މޭކަޕް ލުކް" ވަރަށް ތަފާތު!
