އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެފައި ތިބި ކައުންސިލަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދެއްވާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވައުދުވެވަޑައިގެންފި އެވެ.
މީކާއީލް މިކަމަށް ވައުދުވެވަޑައިގަތީ، އޭނާގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން ރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިންމު އެއް ރައުސްމާލަކީ ސީދާ ވޯޓަކުން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިންތިހާބުކޮށްފައި ތިބި އެމްޑީޕީގެ ކައުންސިލަރުން ކަމަށެވެ. އެހެން ނަމަވެސް، ޕާޓީގެ އުމުރުން 21 އަހަރު ވެގެންދާއިރު ވެސް، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ކައުންސިލަރުންނަށް ޕާޓީގެ ގައުމީ މަޖިލީހުގައި ބަސްބުނެވޭނެ ނިޒާމެއް އަދި އޮނިގަނޑެއް ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލަރުންނަށް އޮތް މި ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން، މީކާއީލް ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމުގައި ޕާޓީގެ ކޮންގްރެސްއަށް އިސްލާހު ހުށަހަޅައިގެން އެކަން ބަދަލުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މިއަންނަނީ އެ އޮނިގަނޑު ގެނެސް، ކޮންގްރެސްއިން އެ އިސްލާހާއެކު ތިބޭފުޅުންނަށް ގައުމީ މަޖިލީހުގައި ބަސްކިޔޭނެ ޖާގަ މި ޕާޓީން ހޯދައިދޭން. ހއ. ތުރާކުނުން ފެށިގެން އައްޑު އަތޮޅު ގަމާ ހަމައަށް އަޅުގަނޑުމެންގެ އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވެފައި ތިބި ކައުންސިލަރުންނަށް ގައުމީ މަޖިލީހުގައި ބަސްކިޔޭނެ ނިޒާމެއް އަޅުގަނޑު ގާއިމުކޮށްދޭނަން،" މީކާއީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، ރަށްރަށުގެ ގޮފިތަކާއި ދާއިރާތަކާ މައި އޮފީހާ ދެމެދު އޮންނަ ގުޅުން އިންތިޚާބެއް އޮތަސް އަދި ނެތަސް ދަމަހައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހާނާއަށް ފޯނު ވައްދާނަމަ މި ނުރައްކާތެރި ބައްޔަށް މަގުފަހިވޭ!
ހަނގުރާމައިގައި އެމެރިކާގެ 42 މަތިންދާބޯޓު ގެއްލި ބޮޑު ގެއްލުމެއް
ޝަހުޒާނާއި ލީވާނާ ދެމެދު ޖަލުގައި އަމަލުކުރާގޮތުގެ ތަހުގީގެއް
