ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފަށް ހަ މަސްދުވަހުގެ މުސާރައިގެ ގޮތުގައި 3 ލައްކަ ރުފިޔާ ލިބިވަޑައިގަތްއިރު، ބޭންކް އެކައުންޓްގައި މިހާރު 8،000 ރުފިޔާ ހުންނެވިކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.
އިއްޔެ އާންމު ކުރެއްވި އެމަނިކުފާނުގެ މާލީ ބަޔާނުގައި ވާގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި އެމަނިކުފާނަށް 314،664.07 ރުފިޔާ ވަނީ ލިބިވަޑައިގެންފަ އެވެ.
އެމަނިކުފާނުގެ ހަތަރު ބޭންކް އެކައުންޓެއް ހުންނެވިކަމަށް މާލީ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުންނެވި ފައިސާގެ ތަފުސީލު:
- ބޭންކް އޮފް މޯލްޑިވްސް 8390.00 ރުފިޔާ
- ބޭންކް އޮފް މޯލްޑިވްސް 61.00- އެމެރިކާ ޑޮލަރު
- މޯލްޑިވްސް އިސްލާމިކް ބޭންކް 39 ރުފިޔާ
- މޯލްޑިވްސް އިސްލާމިކް ބޭންކް 397.00 އެމެރިކާ ޑޮލަރު
ނައިބުރައީސްގެ މާލީ ބަޔާނުގައިވާ ގޮތުން އެމަނިކުފާނުގެ މިލްކިއްޔާތުގައި މުދަލެއް އަދި ވިޔަފާރި މަސްލަހަތެއް ވެސް ނެތެވެ. އަދި ލޯނެއް ނުވަތަ ދަރަންޏެއް ވެސް ނެތެވެ.
ނައިބުރައީސްގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ވެސް އިއްޔެ ވަނީ އާންމު ކުރައްވައިފަ އެވެ.
ރައީސްގެ މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ރައީސް މުއިއްޒަށް ތިން މަސްދަރަކުން ޖުމްލަ 705,024.00 ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބުނު 285,024.00 ރުފިޔާއާއި، ހުޅުމާލޭގައި ހުންނަ ރޯހައުސްއެއް ކުއްޔަށް ދީގެން ލިބުނު 240,000.00 ރުފިޔާގެ އިތުރުން، އާއިލާގެ ފަރާތުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގަތް 180,000.00 ރުފިޔާ އެވެ.
ވަގު ސިނގިރޭޓްތަކެއް އަތުލައިގެންފި
ބޭންކެއް ހެދުމުގެ ހުއްދަ ޖަނާގެ ކުންފުންޏަށް ދީފި
އިޝާންއަށް އިންޑިއާގެ އަސްކަރީ ޝަރަފެއް
ހުސް ދޮގު
ރިޕްލައި