ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމުގެ މަގާމުން ޔަޒްމީދު އިސްތިއުފާދެއްވައިފި އެވެ.
އިތުބާރުހުރި މަސްދަރަކުން "ހުރިހާ"އަށް ވަނީ މިކަން ކަށަވަރުވެފަ އެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ނޭނގެ އެވެ.
ޔަޒްމީދަކީ ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެވެ. އެ ކޮމިޝަނުގެ ނައިބު ރައީސް ކަމަށް އޭނާ އައްޔަންކުރެއްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވުމުންނެވެ.
ނިޔާޒަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނުގައި އޭރު އިންނެވި މެންބަރެވެ.
ޔަޒްމީދު ވަނީ މީގެކުރިން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.
އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ފެނިއްޖެ
ވަތަނީ ހިދުމަތުގެ ބައިވެރިން ދަތުރުކުރި ލޯންޗެއް އަޑިއަށް
"ތެޔޮ އެތެރެކުރަން ކުރާ ހޭދަ 110 ޕަސެންޓް އިތުރުވެއްޖެ"
