ފަސްވަނަ ދައުރުގެ މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުކަމަށް، މައި އިދިކޮޅު ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) ހޮވަން ނިންމައިފި އެވެ.
މިއަދު އާ ދައުރުގެ ކައުންސިލުން ހުވާކޮށްފައިވާއިރު، މާލޭ ސިޓީ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. ކައުންސިލުގައި އެމްޑީޕީގެ 16 ކައުންސިލަރުން ތިއްބަވާއިރު، ވެރިކަން ކުރާ ޕީއެންސީގެ ތިއްބަވަނީ އެންމެ ދެ ކައުންސިލަރުންނެވެ.
ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި ވޯޓުގައި އެ މަގާމަށް އެމްޑީޕީގެ 4 ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެ ޕާޓީގެ އެތެރޭގައި ބޭއްވި ވޯޓުގެ ނަތީޖާ އަކީ:
- މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) – 7 ވޯޓު (މަގާމަށް ހޮވުނީ)
- ފާޠިމަތު ޒަހިއްޔާ (ޒާޔާ) – 5 ވޯޓު
- މުޙައްމަދު ރިޟްވާން ޢަލީ (ރިލޭ) – 2 ވޯޓު
- ޢާއިޝަތު ހަނާ – 2 ވޯޓު
ނިމިދިޔަ 4 ވަނަ މާލޭ ސިޓީ ކައުންސިލުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް، އޭގެ ތެރެއިން އައު ދައުރަކަށް ހޮވިވަޑައިގަތީ ހަމައެކަނި މާލޭގެ މޭޔަރު އާދަމް ޢާޒިމް އެކަންޏެވެ. ކައުންސިލަރުންގެ ގޮތުގައި މިފަހަރު ހޮވިފައި ވަނީ މުޅިން އަލަށް ގޮނޑި ކާމިޔާބުކުރެއްވި ބޭފުޅުންނެވެ.
ފަތުރުވެރިން ޑައިވިނަށް ދިޔަ އުޅަނދުގެ ލައިސަންސް ހިފަހައްޓައިފި
އދ އަށް ހުށަހެޅި ކަނޑުއޮޅީގެ ގަރާރު ރާއްޖެއިން ކޯސްޕޮންސާކޮށްފި
ގްރޭޓާ މާލޭގެ އިހްތިސޯސް ކައުންސިލާ ހަވާލުކުރަން ގޮވާލައްވައިފި