މުޅި ގްރޭޓާ މާލެ ސަރަހައްދުގެ އިހުތިސޯސް، މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް މޭޔަރު އާދަމް އާޒިމް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރަކަށް އިންތިޚާބުވި މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މުޅި ގްރޭޓާ މާލެ ސަރަހައްދު ކައުންސިލާ ހަވާލުކުރުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު އާދޭހެއް ކަމަށެވެ. އެހެންކަމުން އެކަން ކޮށްދިނުމަށް އާޒިމް ވަނީ ރައީސް މުއިއްޒަށް ގޮވާލައްވައިފަ އެވެ.
މީގެ އިތުރުން އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް، މާލެއާ ގުޅިފައިވާ ސަރަހައްދުތައް ހިއްކުން އަވަސްކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލައްވައިފަ އެވެ. އެގޮތުން ގުޅިފަޅާއި، ގިރާވަރުފަޅާއި، އުތުރުތިލަފަޅު ހިއްކުން އަވަސްކޮށްދޭން ތަކުރާރުކޮށް އެދިވަޑައިގަތެވެ.
އާޒިމް ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ އެ ދަތިކަން ހައްލުކުރުމަކީ އެންމެންގެ ވެސް އަމާޒެވެ.
އެފަދައިން ވިދާޅުވެ އާޒިމް ވަނީ، މާލެ ސިޓީ ކައުންސިލްގެ ކޮންމެ މެންބަރެއް އަދި ކޮންމެ މުވައްޒަފަކު ވެސް ހުރީ މާލޭގެ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކުރުމަށް 24 ގަޑިއިރު މަސައްކަތް ކޮށްދޭން ތައްޔާރަށްކަން ފާހަގަކުރައްވައިފަ އެވެ.
ދުންފަތަށް ވުރެ އެކަނިވެރިކަން މާނުރައްކާ؟
އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ ކާނާ ބަދަލުވޭ!
ޓްރަމްޕަށް ފަހު، ޕޫޓިން ވެސް ޗައިނާއަށް ވަޑައިގަންނަވަނީ
އެއްގޮތަކަށް ވެސް މާލޭ ސިޓީ ކައުންސިލްއަށް ކަންކަން ހަވާލު ކުރާކަށް ނުވާނެ. މާބޮޑަށް ޕާޓީ ވެގެން އުޅޭ ބައެއް. ރައްޔިތުންނާ ގުޅިފަހުރި ބޮޑެތި ކަންކަން ކައުންސިލަށް ދޫނުކުރާތި.
ރިޕްލައި