ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ހޫދުގެ ފަރާތުން އިސްތިއުނާފުކޮށްފި އެވެ.
އޭނާ ވަނީ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް އެކި ލިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީފަ އެވެ.
ވ. ދެލްވައްތަ، ހޫދަކީ އައިއެސްގެ އިސް އޮޕަރޭޓިވެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ހައްޔަރުކުރީ އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިންނެވެ.
އެ މައްސަލާގައި ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރި އެވެ. އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 28ގަ އެވެ.
އެނގިފައިވާ ގޮތުގައި ހޫދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު ހައިކޯޓުން އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެލްޖީއޭގެ މުވައްޒަފުން ސީވިލް ސާވިސްއަށް ބަދަލުކުރަން ފާސްކޮށްފި
ކުރީގެ ތިން ރަައީސުންގެ ބައްދަލުވުން ހުކުރު ދުވަހު ބާއްވަނީ