ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަ ތިއްބެވި ކަމަށާއި އެ މީހުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބުވުމަށްފަހު ޕީއެންސީއަށް ސޮއިކުރި މެންބަރުންނެވެ.
މަޖިލީހަށް އަމިއްލަގޮތުން އިންތިހާބުވުމަށްފަހު ހުވާ ކުރުމުގެ ކުރިން ޕީއެންސީއަށް ސޮއި ކުރެއްވީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމާއި ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުالله އާއި ވިލިނގިލީ ދާއިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ އިތުރުން ކުރެންދޫ ދާއިރާގެ މެމްބަރު ޝާމިން ހަބީބެވެ.
މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމިއިރު, މިދިޔަ މަހުގެ 29ގައި ސުޕްރީމް ކޯޓުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.
މާލެ ސަރަހައްދުން ދެ މީހަކަށް ހިމަބިހި ޖެހިއްޖެ
ބީއެމްއެލްގެ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު
