ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހްމަދު ނާޒިމް ވަކިކުރުމަށް ވެރިކަންކުރަން މަޖިލީހަށް ހުށަހެޅުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.

ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި މިވަނީ، ރައީސް މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

ބަޣާވާތަކުން މި ވެރިކަން ވައްޓާލަން ނާޒިމް އުޅުއްވި ކަމަށް ތުހުމަތުކޮށް މީގެކުރިން ވަނީ ފުލުހުންގެ އިންޓެލް ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ.

ނާޒިމަކީ ރައީސް މުއިއްޒުގެ ބޮޑުބޭބެ އެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަ ޖެހުނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ސާފެއްނުވެ އެވެ.

މިއަދު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާން ޕީއެންސީގެ ޕީޖީ ލީޑަރު ފާލާހު އެންގެވުމުން ޕީއެންސީގެ މެންބަރުން ޖަލްސާއަށް ގޮސްފައެއްނުވެ އެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި ނާޒިމް ވަނީ ޖަލްސާ ނިންމަވާލެއްވިކަން އިއުލާންކުރައްވާފަ އެވެ.