ކުޅުދުއްފުށި މަށި މާލި ޕެރޭޑްގައި މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން މަނާކޮށްފިއެވެ.
ކުޅުދުއްފުށި މަށި މާލި ޕެރޭޑަކީ ކޮންމެ އަހަރަކު ވެސް ބޮޑު އީދާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ހަރަކާތުގައި ގައުމުގެ ބޮޑެތި މައްސަލަތަކާއި ސިޔާސީ ކަންކަމަށް ހަޖޫޖަހައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އީދުގެ ދެވަނަ ދުވަހު އޮންނަ ޕެރޭޑުގައި ބައިވެރިވާ ފަރާތްތަކުން ސަމާލުވާންވީ ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން އިސްލާމްދީނާ ފުށު ނާރާ ގޮތަށް މާލި ތައްޔާރު ކުރުމާއި، އާއްމު އިޖުތިމާއީ މިންގަނޑަށް ބެލުމާއި، މީހުންގެ ނަމާއި ފޮޓޯ ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނީ މާއްޔަށް ޒިންމާވާން ޖެހޭނީ މާލި ތައްޔާރު ކުރާ ފަރާތުން ކަމަށެވެ.
މިއީ ކޮންމެ އަހަރަކު ވެސް މުޅި ގައުމުގެ ސަމާލުކަން ހުއްޓޭ ހަރަކާތެކެވެ.
ދަރިން ބޮޑުވަމުން އަންނަ ވަރަކަށް ނިދި ބޭނުންވާ މިންވަރު ތަފާތުވޭ
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ
ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސްތަކަށް އަދަދު ވަނުން މަނާ!
