ރައީސް މުހައްމަދު މުއިއްޒު ގަފުޒުުކުރިކަމުގެ ތުހުމަތުގައި "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.

ފިޔާޒާއި ހަސަނުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލަނީ މިދިޔަ 28 މާޗުގައި އެ ނޫހުން ގެެނެސްދިިން އައިޝާ ޑޮކިއުމަންޓަރީއާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ފިޔާޒާއި ހަސަނަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އޮތީ ބުދަ ދުވަހުގެ މެންދުރުފަހު 1 ޖަހާއިރެވެ.

އެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ އެވެ.

އައިޝާ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ. އެ އަމުރާ ހިލާފުވި ކަމަށް ބުނެ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ކޯޓަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.