ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު މިއަދު ދައްކާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވި 40 ދުވަސް ތެރޭ ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ މީގެ ކުރިން ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަމުން. އެގޮތުން ބަލާއިރު މިއަދާ ހަމައަށް އައިއިރު ސުކޫކު ޕޭކޮށްފިން 524 މިލިއަން ޑޮލަރު. އަދި 400 މިލިއަންގެ ސްވޮޕް ޕޭކޮށްފިން. އަދި މިއަދަށް ޑިއުވެފައި އޮތް 50 މިލިއަން ޑޮލަރުގެ ލޯނު ވެސް އަޅުގަނޑުމެން މިއަދު ޕޭކޮށްފިން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ބޮލުގައި ކުރީގެ ސަރުކާރުން އަޅުވާފައި އޮތް ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތްކުރަމުން އަންނަ ކަމަށެވެ.
ތިން ފަހަރެއްގެ މަތިން 50 މިލިއަން ޑޮލަރުގެ ޓީބިލް މިދިޔަ ސަރުކާރުން އިންޑިއާއިން ނަގާފައިވެ އެވެ. އެއީ 2019 ވަނަ އަހަރުގެ 17 މާޗު، 26 ޖޫން އަދި 1 އޮކްޓޯބަރުގަ އެވެ،
މިދިޔަ ސަރުކާރުން އައީ މި 150 މިލިއަން ޑޮލަރު ރޯލްއޯވާ ކުރަމުންނެވެ. މި ސަރުކާރުން މީގެ ތެރެއިން 150 މިލިއަން ޑޮލަރު 2024ގައި އަނބުރާ ދެއްކި ކަމަށް ރައީސް ވިދާޅުވި އެވެ.
ބާކީ 100 މިލިއަން ޑޮލަރު މި ސަރުކާރުން މިހާތަނަށް އައީ ރޯލްއޯވާ ކުރަމުންނެވެ. އޭގެތެރެއިން 50 މިލިއަން ޑޮލަރު ދެއްކުމުން ބާކީ ނުދައްކާ އޮތީ 50 މިލިއަން ޑޮލަރެވެ. އެ ފައިސާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ދައްކަންޖެހެ އެވެ.
"އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑު މިދަނީ ދައްކަމުން. ދައްކާތީ ވެސް ކަންބޮޑުވަނީ. މިއީ މާ ކޫލް ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސްޓޭޓު ބޭންކު އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޓީބިލުގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރުގެ އިންޓްރެސްޓު ފައިސާ ދައްކަނީ އިންޑިއާ ސަރުކާރުންނެވެ.
އީރާނުގެ ޖަވާބާމެދު ޓްރަމްޕް ހިތްހަމަނުޖެހިއްޖެ
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
އަނެއްކާ ވެސް ސިފައިންނަށް ފްލެޓް ބަހަން ޕްރޮޖެކްޓެއް
