އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކާޑެއް ނަގައި، އެ ކާޑުން ވިޔަފާރި ކުރި ކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ވަނީ އެމީހާ ވޮލެޓުން ކާޑު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ނަގާފައި ވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އޭޓީއެމްއަށް ދޫކޮށްލެވިފައިވާ ކޭޝް ކާޑެކެވެ.
މި ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ފުލުހުން ވަނީ، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފަ އެވެ.
ވިލްއަށް ކުރެވުނު ޖިންސީ ގޯނާގެ ދައުވާ ކޯޓުން ބޭރު ކޮށްލައިފި
ދުނިޔޭގެ އެންމެ ބޮޑު މެރަތަން ހުޅުމާލޭގައި ބާއްވަނީ