ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ސިފައިންނަށް ފްލެޓް ބަހަން ބަނޑޭރިކޮށީގައި ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންނަށް ހާއްސަކޮށްގެން މީގެ ކުރިން މާލޭގައި ހެދި ބަނޑޭރިކޮށީގެ އިތުރުން ހުޅުމާލޭގައި ވެސް ސިފްކޯ އިން ފްލެޓްތަކެއް އިމާރާތްކޮށްފަ އެވެ. އަދި ހިޔާ ފްލެޓުން ވެސް ގިނަ އަދަދެއްގެ ސިފައިންނަށް ފްލެޓްތަކެއް ދީފައިވެ އެވެ.
ރާއްޖޭގައި ހިންގާ ކޮންމެ ހައުސިން ޕްރޮޖެކްޓަކުން ސިފައިންނާއި ފުލުހުންނަށް ވަކި އަދަދެއް ދޭން ކަނޑައަޅާތީ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމާއި މިނިވަންކަން ދިފާއުކުރުމަށް ފަހު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެންމެ މުހިއްމުކަމަކީ އަސާސީ ބޯހިޔާވަހިކަން ކަމަށެވެ. މިގޮތުން ބަނޑޭރިކޮށީގެ ސަރަޙައްދު އެއްކޮށް ޒަމާނީ ކުރުމަށް ވެސް ހާއްސަ ހައުސިން ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށް ވިދާޅުވެ އެކަމާ ގުޅޭ އަމަލީ މަސައްކަތް ލަސްވެގެން އަށެއްކަ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ވެސް ސިފައިންނަށް ވަކި އަދަދަކަށް ފްލެޓު ކަނޑައެޅީ އެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ޕްރޮގްރާމުގެ ދަށުން ސިފައިންނަށް 100 އަދި ފުލުހުންނަށް ވެސް 100 ފްލެޓު ކަނޑައަޅާފައިވެ އެވެ. ނަމަވެސް، އެ އަދަދަކީ އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ވިދާޅުވެ ރައީސް ވަނީ ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެގޮތުން ބަލާއިރު ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ މަތިވެރި ޝަރަފު އޮތް ދިވެހި ސިފައިންނަށް މި ހައްގު ލިބިގެންދާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމުގައި ވަކި އަދަދެއް އޮންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އޭރިއާ ކޮމާންޑް ސެންޓަރުތައް އިތުރަށް ތަރައްގީކޮށް، ސިފައިންގެ މީހާގެ އާއިލާ ދިރިއުޅޭ ސަރަހައްދަކުން ޚިދުމަތް އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގަތެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު "ޚާން"އަކީ ކާކު؟
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!
އާދައިގެ ކަންކަމުން ބޮޑު ބަދަލަކަށް!