ހޮލީވުޑްގެ އެކްޝަން ތަރި ބްރޫސް ވިލްސް 1993 ވަނަ އަހަރު ކުޅުނު ފިލްމު "ސްޓްރައިކިން ޑިސްޓެންސް"އަކީ އޭރު ސިނަމާތަކުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނު ފިލްމެކެވެ.
ނަމަވެސް، އޭގެ 33 އަހަރު ފަހުން މި ފިލްމު މިހާރު ވަނީ ނެޓްފްލިކްސްގެ އެންމެ މަގުބޫލު ފިލްމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދާފަ އެވެ.
މި ފިލްމަކީ ޕިޓްސްބާގްގެ ފުލުހެއްގެ ރޯލުން ބްރޫސް ވިލިސް ފެނިގެންދާ އެކްޝަން ތުރިލާއެކެވެ. ރިލީޒްކުރި ދުވަސްވަރު ފާޑުކިޔުންތެރިންގެ ފާޑުކިޔުންތައް އަމާޒުވެ، ބޮކްސް އޮފީހުގައި އެދެވޭ ތަރުހީބެއް ނުލިބުނު ނަމަވެސް، މިހާރު މި ފިލްމަށް ލިބެމުންދާ މަގުބޫލުކަމާއެކު ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ.
އެހާ ގިނަ ދުވަސް ފަހުން މި ފިލްމު މަގުބޫލުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި 90 ގެ އަހަރުތަކުގެ އެކްޝަން ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މިއީ އަލުން ބަލާލަން ވަރަށް ކަމުދާ ފިލްމަކަށް ވުމުގެ އިތުރުން ސިއްހީ ސަބަބުތަކަށްޓަކައި ބްރޫސް މިހާރު އެކްޓިންއާ ދުރަށް ގޮސްފައިވުން ހިމެނެ އެވެ.
އޭނާގެ ކުރީގެ ފިލްމުތައް ބެލުމަށް ސަޕޯޓަރުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފަ އެވެ. އެއާއެކު ނެޓްފްލިކްސް ފަދަ ޕްލެޓްފޯމްތަކަށް ކުރީގެ ފިލްމުތައް އައުމުން، އާ ޖީލުގެ ބެލުންތެރިންނަށް މި ފިލްމުތައް ފެނި، މަގުބޫލުވުމުގެ ފުރުސަތު ބޮޑުވެ އެވެ.
މި ފިލްމުގައި ބްރޫސް ވިލިސްއާއެކު ސާރާ ޖެސިކާ ޕާކާ ވެސް މުހިއްމު ރޯލަކުން ފެނިގެންދެ އެވެ. "ސްޓްރައިކިން ޑިސްޓެންސް" ނެޓްފްލިކްސްގެ ޗާޓުތަކުގެ ކުރިން ޖާގަ ހޯދުމަކީ، ރަނގަޅު އެކްޝަން ފިލްމުތަކަކީ ކޮންމެ ޒަމާނެއްގައިވެސް ބެލުންތެރިން ބަލައިގަންނާނެ އެއްޗެއްކަން ސާބިތުކޮށްދޭ ކަމެކެވެ.
ދުނިޔޭގެ އެންމެ ބޮޑު މެރަތަން ހުޅުމާލޭގައި ބާއްވަނީ
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާގުގައި އަސްކަރީ މަރުކަޒެއް