ދުނިޔޭގެ އެންމެ ބޮޑު ހާފް މެރެތަން ކަމަށްވާ 'ވަން ރަން އިންޓަނޭޝަނަލް ހާފް މެރެތަން' ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެ ދުވުން އޮންނާނީ 23 މެއި ވާ ހޮނިހިރު ދުވަހު ހުޅުމާލޭގަ އެވެ. ވަން ރަން ގްލޯބަލްއިން އިންތިޒާމުކުރާ މި ހަރަކާތުގައި ރާއްޖޭގެ ޕާޓްނަރަކީ ވީރަން މޯލްޑިވްސް އެވެ
ވީރަންއިން ބުނީ ވަން ރަން ގްލޯބަލް ރާއްޖެއަށް ގެނެވުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ. އަދި މި ތާރީހީ ދުވުމުގައި ބައިވެރިވުމަށް ހުރިހާ ދުވުންތެރިންނާއި އާންމުންނަށް އެ ކުންފުނިން ވަނީ ދައުވަތު ދީފަ އެވެ.
ރާއްޖޭގެ ދުވުމުގައި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ކެޓަގަރީގެ އިތުރުން ހުރިހާ އުމުރުފަރާތަކުގެ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެއަށްވުރެ ކުރު ދުވުމުގެ ކެޓަގަރީތައް ވެސް ހިމެނޭނެ އެވެ. އޭގެ ތެރޭގައި 10 ކިލޯމީޓަރު، ފަސް ކިލޯމީޓަރު އަދި ކުޑަކުދިންނަށް ހާއްސަ އެއް ކިލޯމީޓަރުގެ ދުވުން ހިމެނެ އެވެ.
ވީރަން މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ވަން ރަން މޯލްޑިވްސް 2026ގައި ބައިވެރިވާން ރަޖިސްޓްރީވެވޭނެ އެވެ.
ވަން ރަން ގްލޯބަލްވަން ރަން ގްލޯބަލްއަކީ 2017 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ދުވުމުގެ ހަރަކާތެކެވެ.
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި
މޫސުން ގޯސްވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިއްޖެ
އީ- ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި
