ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު، 2026 މެއި 8 ވާ ހުކުރު ދުވަހުގެ ދަންވަރު 12:09 ހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެއީ ނާޒިމް ސައްތާރުކަން "ހުރިހާ" އަށް ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. މި ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ހަމަލާދިން މީހުންނާ ބެހޭ އިތުރު ތަފްސީލެއް ވެސް އަދި ހާމައެއް ނުކުރެއެވެ.
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
ޕީއެސްއެމްގެ ގުދަނުގައި ހުރީ އަމިއްލަ ކުންފުނީގެ ތަކެތި: ޝުޖާއު
21 ކިލޯގެ ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި