މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި 2012 ވަނަ އަހަރު ގ. ވޭރު، މުހީތު ހުއްޓާ ގްރޫޕަކުން ގޮސް އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ދެ ކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. އަދި އެ ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވާ ފަހުން އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ކުޑަކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު މިހާރު ހުއްދަ ކުރާ ކަމަކަށް ނުވާތީ އެ އަދަބު ނުދެވޭނެ ކަމަށެވެ. އެހެންވެ, މަރުގެ ހުކުމް ބާތިލްކޮށް, އެ މައްސަލަ އަލުން ބެލުމަށް ޖުވެނައިލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
މުހީތުގެ މަރާ ގުޅިގެން އިތުރު ދެ މީހަކު ވެސް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެ މައްސަލަ އަދިވެސް އޮތީ ހައި ކޯޓުގަ އެވެ
އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
ޕީއެންއެފްގެ ނަން ކިލަނބުވާތީ އީސީއާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ
