ދިރާގުން މި އަހަރުގެ އަޟްހާ އީދަށް ހާއްސަކޮށްގެން "ބޮޑު އީދަށް، ރިސޯޓަށް" ޕްރޮމޯޝަން ތައާރަފްކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ރިސޯޓު ދަތުރެއް ކާމިޔާބު ކުރުމުގެ ރަނުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
ދިރާގުން ބުނިގޮތުގައި ބޮޑު އީދާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ، ދިރާގުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ އިތުރުން، ތަފާތު ތަޖުރިބާތައް ހޯދައިދިނުމުގެ މަގުސަދުގައި ތައާރަފްކޮށްފައިވާ ޕްރޮމޯޝަނެކެވެ. މި ގޮތުން، އީދު ބަންދަކީ އާއިލާ އާއި ރަހުމަތްތެރިންނާއެކު އީދު ފާހަގަކުރުމަށް އެކުގައި އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރުންނަށް ހިތްގައިމު ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހުޅުވާލައިފައިވާ ކަމަށެވެ. މިގޮތުން 100 ރުފިޔާއިން މަތީގެ އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ "ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި އެންރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 3 ނަސީބުވެރިއަކަށް މި ހާއްސަ އިނާމު ލިބިގެންދާއިރު، ކޮންމެ ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިމަހުގެ 3 އިން 23 މެއިގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންއިން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީއެއް ދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
ދިރާގުގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އީދު ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އަދި ފައިދާކުރަނިވި ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.
މާލޭ މަގުތައް ޑިޒައިން ކުރާ ޓީމް އަންނަ މަހު ރާއްޖެ އަންނާނެ
ގުގުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަންގައިފި