މި އަހަރުގެ ބައިނަލްއަގުވާމީ ކޭންސް ފިލްމު ފެސްޓިވަލްގައި އިންޑިއާ ތަމްސީލުކުރަން ބޮލީވުޑްގެ މަގުބޫލު ބަތަލާ ތާރާ ސުތާރިއާ ތައްޔާރު ވަމުން އެބަދެ އެވެ. މިއީ ކޭންސް ފިލްމު ފެސްޓިވަލްގައި ތާރާ ފެނިގެންދާ ފުރަތަމަ ފަހަރެވެ.
މި މަހުގެ 12 އިން 23 އަށް ފްރާންސްގެ ކޭންސްގައި ބާއްވާ މި ފެސްޓިވަލަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ފިލްމު ފެސްޓިވަލެވެ.
ކޮންމެ އަހަރަކުވެސް އިންޑިއާގެ މަޝްހޫރު ތަރިން މި ފެސްޓިވަލްގެ ރެޑް ކާޕެޓުން ފެނިގެންދާއިރު، މިއަހަރު ތާރާގެ އިތުރުން އައިޝްވާރިޔާ ރާއީ އަދި އާލިއާ ބަޓް ފަދަ ތަރިންވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ތާރާ ކޭންސް އަށް މިދަނީ އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމު "ޓޮކްސިކް" ރިލީޒްވުމުގެ ކުރިންނެވެ. ކިއާރާ އަދުވާނީ އަދި ޔަޝް އާއެކު ތާރާ ފެނިގެންދާ މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. މި ފިލްމުގައި ތާރާ އަދާކުރާ "ރިބެކާ" ގެ ރޯލަށް ފިލްމުގެ ޑައިރެކްޓަރު ގީތޫ މޯހަންދާސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.
މި ދަތުރަކީ ތާރާގެ ކެރިއަރު ބައިނަލްއަގުވާމީ ފެންވަރަކަށް ފުޅާވެގެންދާނެ ދަތުރެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރެ އެވެ. ފިލްމު "ޓޮކްސިކް" ރިލީޒްކުރުން ފަސްކޮށްފައިވަނީވެސް އެ ފިލްމު ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑުކޮށް ޕްރޮމޯޓްކުރުމުގެ މަގުސަދުގަ އެވެ.
ތާރާގެ ފުރަތަމަ ކޭންސް ދަތުރާއެކު، އޭނާގެ ފޭނުން ތިބީ އޭނާ ރެޑް ކާޕެޓުން ފެންނާނެ ގޮތަކަށް ވަރަށް ބޮޑަށް އިންތިޒާރު ކޮށްގެންނެވެ.
ބީއެމްއެލްގެ އެހީގައި ސްކޫލެއްގައި ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައި
"3 އިޑިއަޓްސް"ގެ ސީކުއަލް އަންނަނީ!
ކައުންސިލަރުން ހުވާކުރުން ކުރިއަށްގެންދާނެ އުސޫލު އާންމުކޮށްފި