ރައީސް މުހައްމަދު މުއިއްޒު އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރައްވައިފި އެވެ.
އެލްޖީއޭގެ ރައީސްގެ މަގާމު ހުސްވީ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އިސްތިއުފާދެއްވުމުންނެވެ.
ރައީސް މުއިއްޒުގެ އެންގެވުމަށް އިސްތިއުފާދެއްވި އާދަމް ޝަރީފަކީ އެލްޖީއޭގެ ރައީސް ކަމަށް ކުރިން ކަނޑައަޅާފައިވާ މިނިސްޓަރެވެ.
ރައީސް މުއިއްޒު މިއަދު ވަނީ އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކުރައްވާފަ އެވެ.
މި ސަރުކާރުން ވަނީ ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލާފަ އެވެ. އޭގެބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމްކޮށް ސިޔާސީ މުވައްޒަފުން އެތަނަށް ލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ރައީސް މުއިއްޒާއެކު ގަދަކޮށް ހުންނެވި ކަމަށް ޒަމީރު ވިދާޅުވެއްޖެ
3 އަހަރަށްފަހު އެރިއާނާއާއި އީތަންގެ ލޯބީގެ ގުޅުން ނިމުމަކަށް!
ކޮފީ ބުއިމުން ހާސްކަން އިތުރުވަނީ ކީއްވެ؟
