ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އެމެރިކާގެ ފުރިހަމަ ކޮންޓްރޯލް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އަދި އީރާނުން އެއްބަސްވުމަކަށް އަންނަންދެން އެ ސަރަހައްދު އޮތީ ވަރަށް ބޮޑަށް ބަންދުކުރެވިފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ގޮތުން މުހިންމު މި ކަނޑުގެ މަގު އަލުން ހުޅުވާލުމަށް އީރާނަށް ބާރުއެޅުމުގެ ގޮތުން، ހޮރްމޫޒް ކަނޑުއޮޅީގައި މައިން (ކަނޑުއަޑީގައި ގޮވާތަކެތި) އަޅާ ކޮންމެ އުޅަނދެއް އެމެރިކާއިން ހަލާކުކޮށްލާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ސަރަހައްދުގައި މައިން އަޅާ ކޮންމެ އުޅަނދަކަށް ހަމަލާދީ ނައްތާލުމަށް މިހާރު ވާނީ އެމެރިކާގެ ނޭވީއަށް އަމުރުކޮށްފައި ކަމަށެވެ.
"މިކަމުގައި އެއްވެސް ފަސްޖެހުމެއް ނޯންނާނެ. މީގެ އިތުރުން، އެމެރިކާގެ 'މައިން ސްވީޕަރ' (މައިން ސާފުކުރާ އުޅަނދުފަހަރު) ތައް މިހާރުވެސް ދަނީ އެ ކަނޑުއޮޅި ސާފުކުރަމުން،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމު ހާލަތްތަކުގައި އުފުލާ މި ކަނޑުއޮޅިއަކީ، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ މައިގަނޑު މަރުކަޒެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން މި މުހިންމު ކަނޑުގެ މަގު މިހާރު އޮތީ ބޮޑުބައެއް ބަންދުކުރެވިފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ނޭވީގެ ހުއްދަ ނެތި އެއްވެސް އުޅަނދަކަށް އެ ސަރަހައްދަށް ނުވަދެވޭނެ ކަމަށާއި އަދި ނުވެސް ނުކުމެވޭނެ ކަމަށެވެ. އީރާނުން އެއްބަސްވުމަކަށް އަންނަންދެން އެ ސަރަހައްދު އޮންނާނީ މުޅިން ބަންދުކޮށްފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
ހެދޭ އެންމެ ގޯހަކުން ހެނދުނު ކޮފީގެ ފައިދާތައް ގެއްލިދާނެ!
ޓްރަމްޕް ޖެހި ހުރަސްތައް ފޫއަޅުވާލާ އިރާނުގެ 34 ބޯޓު ދަތުރުކޮށްފި