ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ހުރި 18 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގައި އޭނާގެ ޒާތީ މައުލޫމާތުތަކެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކޮށްފައިވާތީ އޭނާ އިސްތިއުފާދޭންޖެހޭ ކަމަށް އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވަނީ އެ ޒުވާނާ ފުލުހުންނާ ޗެޓްކޮށް ދައްކާފައިވާ ވާހަކަތައް ހިއްސާކުރައްވާފަ އެވެ. އެއީ ނަފުސާނީ ގޮތުން ވަރަށް ބަލިކަށި ހާލަތެއްގައި ހުރި ކުއްޖެއްގެ ޒާތީ މައުލޫމާތު އާންމުކުރުން ކަމުގައި ބުނެ، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ، ވިކްޓިމްގެ ޒާތީ މެސެޖްތައް މީޑިއާއަށް ކިޔާ ދިނުން "ސަޅިއެއް ނޫން އަދި ގަދައެއް ވެސް ނޫން" ކަމަށެވެ.
"އެ ކުއްޖާއަކީ ކުށްވެރިއެއް ނޫން، ތިހެން މީޑިއާއަށް އަރާ ބޭޒާރު ކުރާކަށް،" ޝައްމާން ވިދާޅުވި އެވެ.
އިހްސާންގެ އެ އަމަލުގެ ސަބަބުން އެފަދަ ހާލަތުގައި ތިބޭ ކުދިން ފުލުހުންނަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފަސްޖެހޭނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
އެހެންވެ، މިނިސްޓަރުކަމުން އިހްސާން އިސްތިއުފާދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުވުމުގެ ކުރިން ފުލުހުންގެ އެހީތެރިކަމަށް އެ ޒުވާނާ އެދިފައިވާއިރު، ފުލުހުންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާ ކަަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
ޓްރަމްޕް ޖެހި ހުރަސްތައް ފޫއަޅުވާލާ އިރާނުގެ 34 ބޯޓު ދަތުރުކޮށްފި
