ހެނދުނު ހޭލައިގެން ބޯލާ ހޫނު ކޮފީ ތަށްޓަކީ ގިނަ ބައެއްގެ ދުވަސް ފަށައިގަންނަ ގޮތެވެ. ނަމަވެސް، މުމްބާއީގެ މަޝްހޫރު އޮތޮޕީޑިކް ސާޖަންއެއް ކަމަށްވާ ޑރ. މަނާން ވޯރާ ބުނާގޮތުގައި، ގިނަ ބަޔަކަށް ނޭނގި ނަމަވެސް ކޮފީ ތައްޔާރުކުރުމުގައި ހެދޭ އެންމެ ގޯހަކުން، ކޮފީން ލިބޭ ހުރިހާ ސިއްހީ ފައިދާއެއް ފެނަށްވެ، ހަށިގަނޑަށް ގެއްލުންވެ އެވެ.
ކޮފީގެ ސިއްހީ ފައިދާތައް
ޑރ. މަނާން ފާހަގަކުރާ ގޮތުގައި، ކަޅު ކޮފީއަކީ ސިއްހަތަށް ވަރަށް ފައިދާހުރި ބުއިމެކެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި:
ބަޔޯއެކްޓިވް މާއްދާތައް: ކަޅު ކޮފީގައި 1،000 އަށްވުރެ ގިނަ ބަޔޯއެކްޓިވް ކޮމްޕައުންޑްސް ހިމެނެއެވެ. މިއީ އާދައިގެ މަލްޓިވިޓަމިން ގުޅައަކަށްވުރެ މާ މަތީ އަދަދެކެވެ.
ފުރަމޭ ރައްކާތެރިކޮށްދިނުން: ކޮފީއަކީ ފުރަމޭގެ ސެލްތައް ރައްކާތެރިކޮށްދީ، ފުރަމޭގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ.
އަލްޒައިމާ ބަލިން ރައްކާތެރިކޮށްދިނުން: ގަވާއިދުން ކޮފީ ބޯނަމަ އަލްޒައިމާ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.
ކޮފީ ބޯއިރު ހެދޭ އެންމެ ބޮޑު ގޯސް
ޑރ. މަނާން ބުނާގޮތުގައި، ގިނަ މީހުންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ ކޮފީއަށް ކިރާއި ހަކުރު އެޅުމެވެ. މިގޮތަށް ހެދުމުން ކޮފީގައި ހުންނަ އެންޓިއޮކްސިޑަންޓްތައް ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއެޅެ އެވެ.
"މިހާރު ގިނަ މީހުން ބޮނީ ކިރާއި ދެ ސަމުސާ ހަކުރު އަޅާފައި ހުންނަ ކޮފީ. މީގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިން މަތިވެ ، ބަނޑުގައި ސަރުބީ ޖެހުމާއި، ލޭގައި ހަކުރު ގިނަވުމަށް މަގުފަހިވޭ،" އޭނާ ކިޔައިދިނެވެ.
ޑޮކްޓަރުގެ އިރުޝާދު
ލޭގެ ރިޕޯޓުތައް ގޯސްވެ، ބަނޑުގައި ސަރުބީ ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންނަށް މިކަން ދިމާވަނީ ހެނދުނު ހުސްބަނޑާ މިގޮތަށް ބޯ ކޮފީގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، ކޮފީގެ ފުރިހަމަ ފައިދާ ހޯދުމަށްޓަކައި، ހަކުރާއި ކިރު ނާޅައި ކަޅު ކޮފީ ބުއިމަށް އޭނާ ލަފާދެ އެވެ.
ޚުލާސާކޮށް ބުނާނަމަ، ހެނދުނު ތިބާ ބޯ ކޮފީ ތަށްޓަކީ ބޭހަކަށް ހެދުމާއި ނުވަތަ ހަށިގަނޑަށް ގެއްލުންދޭ އެއްޗަކަށް ހެދުން ބިނާވަނީ ތިބާ އެ ތައްޔާރުކުރާ ގޮތެއްގެ މައްޗަށެވެ.
އަނެއްކާ ވެސް ޓިކެޓް އަގު ބޮޑުކޮށް އިތުރު ކެޓަގަރީތަކެއް
ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް އިސްތިއުފާ ދެއްވައިފި
އެއްބަސްވުމުގެ މުއްދަތު އިތުރު ކުރިކަން ޓްރަމްޕް އިއުލާންކޮށްފި