މޫދަށް އެރި މަސް ހިފަން އުޅުމުގެ ތެރޭ، ލ. ހިތަދޫން ޒުވާނަކު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ލ. ހިތަދޫ، އަމާން، އަހްމަދު ހަމްޒާން،21 ކަމަށެވެ.

ހިތަދޫ ކައުންސިލް މެންބަރަކު ވިދާޅުވީ ހަމްޒާން މަސް ހިފަން އުޅުމުގެ ތެރޭ، މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ގަލެއްގައި ތާށިވި ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.