ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފި އެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ދެ ކޮމިޓީގެ މެންބަރުންގެ ލިސްޓުން ނާޒިމްގެ ނަން ވަނީ އުނިކޮށްފަ އެވެ. އަދި އޭނާގެ ފޮޓޯ މިހާރު ފެންނަން ހުރީ މީގެ ކުރިން އެ ކޮމިޓީތަކުގައި މަސައްކަތް ކުރެއްވި މެންބަރުންގެ ބައިގަ އެވެ.
ނާޒިމްގެ ބަދަލުގައި އެ ކޮމިޓީތަކަށް އައްޔަނުކުރީ ކޮން މެންބަރުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ނާޒިމްއެވެ. ނަމަވެސް މަޖިލީހުގެ މުހިއްމު ދެ ކޮމިޓީއަށް ގެނައި ބަދަލު މިއަދުގެ ޖަލްސާގައި އިއުލާން ކުރައްވާފައި ނުވެއެވެ.
ނާޒިމް ވަނީ މީގެ ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެޅުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީން ނާޒިމް ވަކިކުރި ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތައް ވިލަރެސްކުރާ އެސްއޯއީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އޭނާ އަދިވެސް ހިމެނިވަޑައިގަންނަވަ އެވެ.
ލ. ހިތަދޫގައި މަސް ހިފަން އުޅުނު ޒުވާނަކު މަރުވެއްޖެ
އެކްޓް ކުރާނެ ފުރުސަތަކަށް އަރްޗަނާ އާދޭސް ކުރަނީ!