ދުނިޔެ ދުށް އެންމެ މަޝްހޫރު މިއުޒިކީ ތަރި މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "މައިކަލް" ގެ ފުރަތަމަ މަންޒަރުތައް ސިނަމާކޮންގައި ދައްކާލުމާއެކު، ފިލްމީ ދާއިރާގެ ތަޖުރިބާކާރުންގެ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބެމުން އެބަދެ އެވެ.
ހޮލީވުޑް ރިޕޯޓާއިން އިން ބުނެފައިވާ ގޮތުގައި، މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ބެލި މީހުން ތިބީ އޭގެ ފުރިހަމަކަމުން ބަސް ހުއްޓިފަ އެވެ.
މި ފިލްމުގައި މައިކަލް ޖެކްސަންގެ ރޯލު ކުޅެނީ އޭނާގެ އަމިއްލަ ބޭބެގެ ދަރިފުޅު، ޖާފަރު ޖެކްސަން އެވެ. ފިލްމުގެ ފުރަތަމަ މަންޒަރުތައް ބެލި ފަރާތްތަކުން ބުނާގޮތުގައި، ޖާފަރު ސްކްރީނުން ފެންނަނީ ސީދާ މައިކަލް ޖެކްސަންގެ "ސޫރަ" އެއްގެ ގޮތުގަ އެވެ. އޭނާގެ ހަރަކާތްތަކާއި، ވާހަކަދެއްކުމާއި، އަދި ނަށާ ގޮތްވެސް މައިކަލްއާ އެހާ ބޮޑަށް އެއްގޮތެވެ.
މި ފިލްމު ޑައިރެކްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު އެންޓޮއިން ފޫކުއާ އެވެ. ފިލްމުގެ ޕްރޮޑިއުސަރުން ބުނާގޮތުގައި، މި ފިލްމުގައި މައިކަލްގެ ހަޔާތުގެ ހުރިހާ ފަރާތެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އޭނާގެ ކާމިޔާބީތަކާއި، އަމިއްލަ ދިރިއުޅުމުގެ އުނދަގޫ ދުވަސްތަކާއި، އަދި އޭނާއަށް ކުރިމަތިވި ތުހުމަތުތައްވެސް ހިމެނެ އެވެ.
މައިކަލްގެ އެންމެ މަޝްހޫރު 30 އަށްވުރެ ގިނަ ލަވަ މި ފިލްމުގައި ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސިނަމާކޮންގައި މި ފިލްމުގެ މަންޒަރުތައް ބެލި ބައެއް މީހުން ބުނިގޮތުގައި، މިއީ އޮސްކާ އެވޯޑަށް ވާދަކުރާނެ ފެންވަރުގެ ފިލްމެކެވެ. ޚާއްޞަކޮށް މައިކަލް ޖެކްސަންގެ ކޮންސެޓްތައް ފިލްމުގައި އަލުން ދިރުވާފައިވާ ގޮތަކީ ހައިރާންކުރުވަނިވި ކަމެއް ކަމަށް އެމީހުން ފާހަގަކުރި އެވެ.
ލަޔަންސްގޭޓްއިން އުފައްދާ މި ބިޔަ ފިލްމު މިއަދު ރިލީޒް ކުރާއިރު ސަޕޯޓަރުން މިހާރު ތިބީ މައިކަލްގެ ހަޔާތުގެ ފުރިހަމަ ތަސްވީރެއް ބޮޑު ސްކްރީނުން ބަލާލުމަށް ކެތްމަދުވެފަ އެވެ.
އީރާނުން އާ "ސަޕްރައިޒް" ތަކާއެކު ހަނގުރާމައަށް ތައްޔާރު!
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދަރިވަރަކު މަރުވެއްޖެ
އަހަރުގެ އެންމެ ރީތި ތަރީގެ ޝަރަފު އޭން ހެތަވޭއަށް!