ޕީޕަލް މެގަޒިންއިން ކޮންމެ އަހަރަކު ހޮވާ "ދުނިޔޭގެ އެންމެ ރީތި ތަރި"ގެ މިއަހަރުގެ ޝަަރަފު މަޝްހޫރު އެކްޓަރު އޭން ހެތަވޭ ހާސިލް ކޮށްފި އެވެ.
މި އުފާވެރި ޚަބަރާ ގުޅިގެން ޕީޕަލް މެގަޒިންއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި، އޭން ވަނީ އޭނާގެ ރީތިކަމުގެ ސިއްރާއި އަދި ފިލްމީ ދާއިރާގައި ހޭދަކުރި ދިގު ދަތުރާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.
އިންޓަވިއުގައި އޭން އޭނާގެ ކެރިއަރުގައި ކުޅެފައިވާ އެންމެ ފާހަގަކޮށްލެވޭ ރޯލުތަކުގެ ހަނދާންތައް އާކޮށްފައިވެ އެވެ. އެގޮތުން "ޕްރިންސަސް ޑައަރީސް"، "ދަ ޑެވިލް ވެއާސް ޕްރާޑާ" އަދި "ލެ މިޒަރާބްލް"ގެ ވާހަކަ އޭނާ ފާހަގަކުރި އެވެ.
އޭން ބުނިގޮތުގައި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ރީތިކަމާ މެދު އޭނާގެ ވިސްނުން ވަނީ ބަދަލުވެފަ އެވެ.
"އަހަރެން މިހާރު ގަބޫލުކުރަނީ ރީތިކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށް. އެއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ހިތުގެ ހަމަޖެހުމާ ގުޅިފައިވާ ކަމެއް،" އޭން ފާހަގަކުރި އެވެ.
މީގެ އިތުރުން، އޭނާގެ ހަމުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ޞިއްޙީ އާދަކާދަތަކަށް ދޭ ސަމާލުކަމާއި، ސްކްރީނުން ބޭރުގައި އާދައިގެ ދިރިއުޅުމެއް އުޅުމަށް ކުރާ މަސައްކަތްވެސް އޭނާ ހިއްސާކުރި އެވެ.
މި ޝަރަފާ ގުޅިގެން އޭންގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި އޭނާއަށް މަރުޙަބާ ކިޔަމުންނެވެ. ގިނަ ބަޔަކު ބުނާގޮތުގައި އޭންއަކީ ހަމައެކަނި ރީތި މޫނެއްގެ ވެރިއެއް ނޫނެވެ، އޭނާއަކީ ހުނަރުވެރިކަމާއި އަޚްލާޤުގެ ގޮތުންވެސް ނަމޫނާ ތަރިއެކެވެ.
ރޭގަނޑުގެ ނިދި ހަލާކު ކޮށްލަނީ ސްކްރީންތަކުގެ ނޫ އައްޔެއް ނޫން!
އެމެރިކާއާއެކު މަޝްވަރާކުރަން އީރާނުން އިންކާރުކޮށްފި
ދީޕިކާގެ ހަށިގަނޑުން އަނެއްކާ ވެސް ދެ ސިސްޓް ފެނިއްޖެ