ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ މީހަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް އެ ގޮނޑި ގެއްލުނު މުހައްމަދު ސިނާންގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ކުރިމަތިލައްވައިފި އެވެ.

ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހެވެ އެ މުއްދަތު މިއަދު ހަމަވިއިރު ކުރިމަތިލީ ސިނާނާއި ސައީދު އެކަންޏެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވެސް މޫލެކެޑެ ދާއިރާގެ ކައުންސިލަރު ކަމަށް ސައީދު ވާދަކުރެއްވި އެވެ. ނަމަވެސް އޭނާއަށް ގޮނޑި ކާމިޔާބުކުރެވޭގޮތެއްނުވި އެވެ.

ޕީއެންސީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ވާދަކުރާނެ މީހަކު ކަނޑައަޅަން ޕްރައިމަރީ ބާއްވަނީ މިމަހުގެ 25 އަންނަ ހޮނިހިރު ދުވަހު އެވެ.

އެ ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

އެ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 6 ޖޫންގަ އެވެ.