ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނެގި ޚިޔާލު ހޯދުމުގެ ވޯޓު ވެރިކަންކުރާ ޕީއެންސީއަށް ނާކާމިޔާބުވީ، ޕާޓީގެ ކެމްޕެއިން ޓީމުތަކުގެ ސަބަބުން ކަމަށް ދެހަވާފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވައިފި އެވެ.
ކައުންސިލް އިންތިހާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލި އެއް ސަބަބަކީ ޕީއެންސީގެ ކެމްޕެއިން ޓީމުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތުމުން ކަމަށެވެ.
"އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފައެއް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ [ޕީއެންސީގެ] މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގައި."
ރައީސް ވިދާޅުވީ، ކުރިއަށް ދާނީ ރައްޔިތުން ނިންމި ގޮތަށެވެ. އެހެންކަމުން ގާނޫނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފެންނަ ނުފެންނަ ވޯޓުގެ ކެމްޕޭންގައި ރައްޔިތުންނާ ހަމައަށް ދިޔައީ އިދިކޮޅު ފަރާތްތަކުން ދެއްކި "ދޮގު ވާހަކަތައް" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރި، އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި ދިޔައީ މިކަން، އަޅުގަނޑުމެންނަކަށް ނެތް ކިޔައިދެވިފަ،" ރައީސް ވިދާޅުވި އެވެ.
"ގަދަ" ކަސްރަތުން 8 ބައްޔަކުން ރައްކާތެރި ކޮށްދޭ!
އަބްދޯ ފޫހިކަމެއް ނެތި ކުރެހުމުގައި!
މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާކަމަށް ދެ ގައުމުން ބުނެފި

ދޮގެއްނޫން. އެއްބަޔަކު އަނެއްބަޔަކު ހޮވުނަ ނުދޭން އިނދިކޮޅު މީހުންނާ ޑީލްހަދައިގެން މަސައްކަތްކުރީ. ފެންނަ ނުފެންނަ ވޯޓުގެ ވާހަކައެއްނެތް. ވާނީވެސް އެހެން. ބޮޑު ރިޔާސީ އިންތިޚާބަކާ އެއްވަރަށް އިނދިކޮޅުން މަސައްކަތްކުރި. އެއްކޮޅުން މިއުޅުނީ އެކަކު އަނެކަކަށް ދެރަކޮށް ބާރު ދެރަކޮށްލަން. ރައީސް އޮފީސް ތެރޭގައިވެސް އޮތީ އެކަން. އަދިވެސް އެތާގައި އޭގެ އަސަރު އެބަހުރި. ޢަލީ ޢާރިފާ ޖެހުނު އެނަކަކު އަދިވެސް އެތާގައި އެބަހުރި
ރިޕްލައި