ވެރިކަންކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒު ހަލީމް އިސްތިއުފާ ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒު ވިދާޅުވީ މަގާމުން އިސްތިއުފާދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސް މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ.
އެހެންކަމުން ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށް މުއާޒްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.
މުއާޒްއަކީ ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ވަރަށް ގާތް އެކުވެރިއެކެވެ. އެހެން ކަމުން މި މަގާމުން ވަކިވާން ޖެހުނީ ޣައްސާންގެ މަގާމު ގެއްލުމުން މަޖުބޫރުވެގެން ކަމަށް ބެލެވެ އެވެ.
ޕީއެންސީގެ ލީޑާޝިޕްގައި ހަތް ނައިބު ރައީސުންނާއި 10 ސެނެޓް މެންބަރުން ތިބެ އެވެ.
ސ. ހިތަދުއަށް އުފަން މުއާޒަކީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގައި އައްޑޫގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.
ދާދިފަހުން ވަނީ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް 10 ވަޒީރަކު ވެސް އިސްތިއުފާ ދެއްވާފަ އެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
"ބޫތު ބަންގްލާ": ހެއްވާ މަޖާ އަދި ބިރުވެރި މަސްހުނިގަނޑެއް!
