ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ވީރަން މޯލްޑިވްސްއާ" އެކު ޕާޓްނާޝިޕެއް ގާއިމްކޮށްފި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުންވި އެއްބަސްވުމެކެވެ.
މި ޕާޓްނާޝިޕްގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހު މި ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ވީރަން މޯލްޑިވްސް އިން ބާއްވާ ފުރަތަމަ ދުވުން މިއަހަރު ބާއްވާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ހަރަކާތަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި، މުއައްސަސާތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ، ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭ، ކޮންމެ ދުވުންތެރިއަކު 1 ކިލޯމީޓަރު ދުވަންޖެހޭ ރިލޭ ރޭހެކެވެ. މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ގައުމީ ފެންވަރުގެ މަޝްރޫޢުތަކާއި، ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އާޝާގެ އަޑުން އިސްލާމީ އަސަރުގަދަ މަދަހަތަކެއް!
ޑޮކްޓަރަށް ދެއްކި ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
އަރިދަފުސް ރޯގާގެ ތަޖުރިބާ އެކި މީހުންނަށް ތަފާތުވަނީ ކީއްވެ؟
