އާދީއްތަ ދުވަހު މަރުވި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭއަކީ ކާކުކަން އެ ދާއިރާގައި މަސައްކަތްކުރާ ޒުވާން ތަރި އާތިޔާ ޝެޓީއަށް "އޮޅިއްޖެ" އެވެ.

އާޝާގެ މަރާ ގުޅިގެން އާތިޔާގެ ސޯޝަލް މީޑިއާގައި އޭނާ އާއްމުކުރި ތައުޒިޔާގެ މެސެޖުގައި ހިއްސާކޮށްފައިވަނީ އާޝާގެ ފޮޓޯއެއްގެ ބަދަލުގައި އޭނާގެ ދައްތަ ލަތާ މަންގޭޝްކަރުގެ ފޮޓޯ އެކެވެ.

އާޝާ ފަދަ ބޮލީވުޑްގައި ނަން މަޝްހޫރު ޝަހްސިއްޔަތެއް އާތިޔާއަށް ވަކި ނުވުމުން އާއްމުންގެ ގިނަ ބަޔަކު އޭނާއަށް އަންނަނީ ފާޑު ކިޔަމުންނެވެ.

އެގޮތުން ސޯޝަލް މީޑިއާގައި އާތިޔާއަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމާއެކު އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށް ރަނގަޅު ފޮޓޯއަކާއެކު އަލުން ޕޯސްޓެއް ކޮށްފަ އެވެ.

އުމުރުން 92 އަހަރުގައި އާޝާ މަރުވެފައިވަނީ ފުއްޕާމޭއާއި ހިތުގެ ބަލިތަކަށް ފަރުވާ ކުރަމުން ދަނިކޮށް އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ރަސްމީ އިއްޒަތުގައި އާޝާގެ ކަށުކަމާކެމީގެ ކަންކަން ބާއްވާފައިވަނީ އިއްޔެގެ ހަވީރު އެވެ. އެ ކަމުގައި ބޮލީވުޑްގެ ގިނަ ބަޔަކު ޝާމިލްވި އެވެ.