ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިއަދު ދެއްވި ހިތޯބެއްގައި ޒާހިދު ވިދާޅުވީ ވޯޓު އެއްވަރުވުމުގެ ސަބަބުން ބައެއް ދާއިރާތަކުގައި ދެވަނަ ބުރެއް ބާއްވަންޖެހިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މިހާތަނަށް އެނގިފައިވާ މައުލޫމާތަށް ބަލާއިރު، ފުވައްމުލަކު ދަޑިމަގު ދާއިރާއަށް ޕީއެންސީން ވާދަކުރެއްވި އާއިޝަތު އަބްދުލް ގާދިރާއި އަމިއްލަގޮތުން ވާދަކުރެއްވި ޝީޒާ އިބްރާހީމަށް ވެސް ލިބިފައި ވަނީ 484 ވޯޓެވެ.
ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ ކައުންސިލް އިންތިހާބެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބު ކަމަށެވެ.
"2026، ހަތަރެއް އޭޕްރީލް ވީ ހޮނިހިރު ދުވަހު ބޭއްވިގެން ދިޔަ އިންތިހާބުތަކަކީ މިނިވަންކަމާ އެކު، އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސްފައިވާ އިންތިހާބުތަކެއް،" ޒާހިދު ވިދާޅުވި އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 294،576 މީހުންގެ ތެރެއިން 215،346 މީހުން ވޯޓު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާ ގިނައިން ކުޑަކަމުދެވުމަކީ ނުރައްކަލުގެ ރަނގަބީލަކަށް ވެދާނެ!
ސަލްމާންގެ ފެނިލުމާއެކު 90ގެ ހަނދާންތައް!
