ބައި ގަރުނު ތެރޭގައި ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ފޮނުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބައިނަލްއަގުވާމީ ޖައްވީ އިދާރާއިން ވާން ފަށައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ހަތަރު ޖައްވީ ސައިންސްވެރިންގެ ކްރޫއަކާއެކު އިއްޔެ ނާސާގެ ޓެސްޓް ކެޕްސޫލްއެއް ވަނީ ޖައްވަށް ފޮނުވާލާފަ އެވެ.
ޖުމްލަ 10 ދުވަހުގެ އެ ދަތުރުގައި ހަނދު ވަށާ ބުރެއް ޖަހަން ހަމަޖެހިފައިވާ ކަމަށް ނާސާއާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ބުނެފައިވެ އެވެ.
މި މިޝަންގެ މަގުސަދަކީ އިންސާނުން ހަނދުގައި އާބާދު ކުރުމުގެ ދުރު ރާސްތާ ޕްލޭނަށް ބާރުދިނުން ކަމަށް ވެސް ނާސާއިން ވަނީ ބުނެފަ އެވެ.
އެގޮތުން ހަނދަށް ކުރާ ޖައްވީ ދަތުރުތައް ކުރިއެރުވުމަށްޓަކައި ބައެއް ކުންފުނިތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ނާސާއިން މައުލޫމާތު ދީފައިވެ އެވެ.
އިންސާނުން އެންމެ ފަހުން ހަނދަށް ގޮސްފައިވަނީ މީގެ 53 އަހަރު ކުރިން 1972 ވަނަ އަހަރު އެވެ. އެފަހަރުގެ މިޝަންގައި ބައިވެރިވީ އެޕޯލޯގެ އުޅަނދެކެވެ.
ޓްރަމްޕް ގެ ހިތާބަށް ގިނަ ބައެއް ފަާޑުކިޔުން އަމާޒުވެއްޖެ
"ސުޕަ މާރިއޯ ގެލެކްސީ" މޫވީއާއެކު އާ ރަހައެއް!
ހީނާ ރާއްޖޭގައި ތަފާތު ކަމެއް ދަސްކޮށްފި