ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އޮސްކާ އެެވޯޑްސްގެ މިއަހަރުގެ ހަފްލާ މިދިޔަ އާދީއްތަ ދުވަހު ވަނީ ބާއްވާފަ އެވެ.
އެހެން ނަމަވެސް އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރުގެ އޮސްކާ އެވޯޑްގެ ޓެލެވިޒަން ބްރޯޑްކާސްޓަށް ލިބިފައިވަނީ ފިނި ތަރުހީބެއް ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން މި އަހަރުގެ އެވޯޑް ހަފްލާ ޓީވީއިން ބެލި މީހުންގެ އަދަދު ކުރީ އަހަރަށްވުރެ ނުވަ ޕަސެންޓް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިއީ ކޮނަން އޮ ބްރިއަން ހުށައަޅައިދިން ދެވަނަ ހަފްލާއަށް ވާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ޓީވީ ވިއުއާޝިޕް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި ދަށްވުމާއެކު ވެސް އޮސްކާ އެވޯޑަކީ އެންމެ މަގުބޫލު ޕްރައިމްޓައިމް އެންޓަޓެއިންމަންޓް އެވޯޑް ހަފްލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި އަހަރުގެ އެވޯޑްގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ވާނާސް ބްރޯސްގެ "ވަން ބެޓަލް އާފްޓާ އަނަދާ" އަށާއި ހަމަ އެ ސްޓޫޑިއޯގެ "ސިނާސް" އަށެވެ.
އެންތޫރިއަމް ވެސް ވައި ސާފުކޮށްދޭ!
ސްޕައިޑަމޭން: ނުރައްކާތެރި އިންޒާރަކާއި ވަރުގަދަ ކުރިމަތިލުމެއް!
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް