ފިތުރު އީދުގެ ބަންދަށް ފަހު އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވުމަށް ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އޮފީސްތައް ހުޅުވި ނަމަ ވެސް ކުރިއަށް އޮތް ހަފުތާގެ ވެސް ރަސްމީ ގަޑިއަކީ ރޯދަ މަހުގެ މަސައްކަތު ވަގުތެވެ. އެއީ ހަ ރޯދަ ހިފުމަށް ލުއި ދިނުމުގެ ގޮތުންނެވެ.
އެގޮތުން، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.
އެހެންކަމުން، މި ފެށޭ ހަފުތާގައި ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި ހަތަރު ގަޑިއިރުގެ ތެރޭގަ އެވެ.
މި ހަތް ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިތައް އާންމު އުސޫލުން ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ބަދަލުވެގެންދާނެ އެވެ.

ދިރާގުން ފިތުރު އީދާ ގުޅިގެން ސައުދީއަށް ހިލޭ ގުޅޭނެ
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިތުރު އީދު!