ދިރާގު ފިންޓެކް އިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ސީގަލް ކެފޭއިން އައިސްކްރީމް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
އެހެންކަމުން، މާދަމާގެ ހަވީރު 04:00 އިން ރޭގަނޑު 10:00އާ ހަމައަށް ސީގަލް ކެފޭއަށް އާއިލާއާއި ރަހުމަތްތެރިންނާއެކު ޒިޔާރަތްކޮށް، މީރު އައިސްކްރީމާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ދުވަހު ކަސްޓަމަރުންނަށް ސީގަލް ކެފޭއިން ލިބެން ހުންނަ ތަފާތު ގިނަ ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން ބޭނުންވާ ބާވަތެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބި، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް އައިސްކްރީމް ލިބިގެންދާނެ އެވެ. މި ގޮތުން، ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށްފަހު ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް މި ދުވަހު އައިސްކްރީމް ލިބިގެންދާނެ އެވެ.
ދިރާގުޕޭއިން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ކާމިޔާބު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ގޮތުން ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފްލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ ފޯރުކޮށްދީފަ އެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުމެވެ.

ގަވައިދާ ހިލާފަށް ދުއްވި ބައިސްކަލްތަކެއް ޓޯކޮށްފި
ގަތަރުން ރުޅިގަދަވެ އީރާނުގެ ސަފީރު ފައިބަން އަންގައިފި
އީރާނުން އެދުނު ގޮތަށް މެޗުތައް މެކްސިކޯއަށް ބަދަލުކޮށް ނުދިން
