ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކުރުމަށް ދަރަވަންދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަހްމަދު ވަހީދާއި، ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހުގެ އިތުރުން ކައުންސިލް މެމްބަރުންނާއި ރަށުގެ ރައްޔިތުން ބައިވެރިވި އެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އެ ރަށުން އެންމެ ފުރަތަމަ ޕާސްޕޯޓަށް ހުށަހެޅި ދެ މީހުންނަށް ވަނީ ޕާސްޕޯޓް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
މި ހިދުމަތް ފެށުމާއެކު ބ. އަތޮޅުގެ ރައްޔިތުން ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހޭނީ އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
މީގެ ކުރިން ބ. އަތޮޅުން ޕާސްޕޯޓް ދޫކުރަމުން އައީ ހަމައެކަނި ވެރިކަންކުރާ ރަށް، އޭދަފުށިންނެވެ. ނަމަވެސް މިއަދުން ފެށިގެން ޕާސްޕޯޓް ބަލައިގަންނަ "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ދަރަވަންދޫ ވެސް އިޚްތިޔާރު ކުރެވޭނެއެވެ. މިއީ އެ ސަރަހައްދުގެ ދަތުރުފަތުރާއި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި އޮތް ދަރަވަންދޫގެ ރައްޔިތުންނަށާއި ކައިރި ރަށްރަށުގެ މީހުންނަށް ލިބުނު ބޮޑު ލުޔެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެސް އެއް ރަށަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. އަދި އަތޮޅުތެރޭގެ ބޮޑެތި އާބާދީތަކާއި ހިދުމަތަށް އޮންނަ ޑިމާންޑަށް ބަލައި، އެއް އަތޮޅެއްގެ އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ވެސް މި ހިދުމަތް ދަނީ ފުޅާކުރަމުންނެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
އީރާނުން ކަނޑުއޮޅި ބަންދު ނުކުރާ ކަމަށް އެމެރިކާއިން ބުނެފި
މަހަކު 63 ޓަނުގެ ސީވީޑް އެކްސްޕޯޓް ކުރޭ: މިނިސްޓްރީ