ހުޅުމާލެ ފޭސް 3 ގެ ހިއްކި ބިމުގެ ސަރަހައްދުގައި މިރޭ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ ފިރިހެނަކު ޒަހަމްކޮށްލައިފި އެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ޒުވާނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ.
ޒަހަމްވި މީހުންގެ ތެރޭގައި އެޗްޑީސީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުރި އިސްމާއީލް އަބްދުއްރަހީމް އާދަމް ހިމެނޭކަން ވަނީ އެނގިފަ އެވެ. ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަނިޔާވި ދެ މީހުންގެ ހާލަތާ ގުޅޭގޮތުން ހޮސްޕިޓަލުން ބުނިގޮތުގައި އެ ދެ މީހުންނަށް ލިބުނު އަނިޔާތައް ސީރިއަސްއެއް ނޫނެވެ.
އިސްމާއީލް އަބްދުއްރަހީމް ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޗްޑީސީގެ ވަޒީފާއެއް އަދާކުރަން ފަށާފަ އެވެ. މީގެ ކުރިން، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން 2022 ވަނަ އަހަރުގެ ޖޫން މަހު އިސްމާއީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިން ކަމުގެ ދެ ދައުވާއެއް އުފުލި އެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކޯޓުން ވަނީ އެ މައްސަލައިގައި އެކަށީގެންވާ ހެކި ނެތް ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލާފަ އެވެ. ދައުވާތައް ބޭރުކޮށްލުމުގެ ކުރިން، އޭނާ ހުރީ ފައިގައި ޓެގް އަޅުވައިގެން ގޭ ބަންދުގަ އެވެ.
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"
ޖަޕާނުން 4-0 އިން ޓިއުނީޝިއާ ބަލިކޮށްފި
"ބޮޑު ބަދަލު" އޮފީސް އުފައްދައިފި
